F9GHyb5aYAA8dQ6

މަކުނުދޫ ބޭރުގައި ދޮށީ ކަނދުފައްޗަކާއި ވަދު ކަނދުފައްޗެއް ގާއިމުކޮށްފި

ހދ. މަކުނުދޫ ބޭރުގައި ދޮށީ ކަނދުފައްޗަކާއި ވަދު ކަނދުފައްޗެއް ގާއިމުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ކަނދުފަތި ނަންބަރ C08DV01 :- އަކީ ހދ. މަކުނުދޫ ވަދު ކަނދުފަތި ކަމަށެވެ. އެ ކަނދުފަތތި ގާއިމު ކޮށްފައި ވަނީ ވައިކަރަދޫގެ ހުޅަނގުން 4.5 ބޭރުގައެވެ.

ކަނދުފަތި ނަންބަރ :- D07D01 އަކީ ހދ. މަކުނުދޫ ދޮށީގެ ކަނދުފައްޗެވެ. އެ ކަނދުފަތި ގާއިމު ކޮށްފައިވަނީ އިންނަފުށީގެ ހުޅަނގުން 12 ބޭރުގައެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ ވާގޮތަށް އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަ ވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ.

ވަދު ކަނދުފަތިތައް ގާއިމު ކުރަމުން ދަނީ، ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހި ކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށްކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންގއަށާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ފަށާފައިވާ [ވަދު ކަނދުފަތި] ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!