ގއ. ކޮލަމާފުށި، ފޮޓޯ- ފޭސްބުކް
ގއ. ކޮލަމާފުށި، ފޮޓޯ- ފޭސްބުކް

ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ގއ. ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އިންދުމަށް 25 ކަދުރު ރުއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.

ކައުންސިލުން ބުނީ މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި އިންދުމަށް 25 (ފަންސަވީސް) ކަދުރު ރުއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ  ޖަމާޢަތްތަކަށެވެ.

 މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00ގައި ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމުން ނުވަތަ info@kolamaafushi.gov.mv  އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބުމުންނެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި މިބީލަމުގައި  ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  02 ނޮވެންބަރ  2023 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގައި އެއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައި ކަމަށާއި ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.

ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 13:00 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!