ކ.ގާފަރު ނަސްރު 7 ދޯނީގެ ފަރާތުން ފަލަސްތީންގެ ރައްޔިތުންނަށް 25000 ރުފިޔާ ހަދިޔާކޮށްފިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެގޮތުން ދިވެހި މަސްވެރިންގެ ތެރެއިން ގިނަ ބަޔަކު، އެމީހުންނަށް ލިބުނު އާމްދަނީން މިންވަރެއް ފަލަސްތީނުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް ދަނީ ހަދިޔާކުރަމުންނެވެ.
އެގޮތުން މަސްވެރިންގެ ފަރާތުން މިހާތަނަށްމިވަނީ 4 ލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައެވެ.
ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މަސް ދޯނިތަކުން މިހާތަނަށް ވެފައިވާ އެހީތައް
- ގއ.ވިލިނގިލީ ކަރަވައްތާ ދޯނި - 25000 ރުފިޔާ
- ގއ.ވިލިނގިލީ ހުސްނީ ދޯނި - 25000 ރުފިޔާ
- ގއ.ވިލިނގިލީ އުޖާލާ ދޯނި - 25000 ރުފިޔާ
- ގއ. ކަނޑުހުޅުދޫ ސީހޯސް 3 ދޯނި - 50000 ރުފިޔާ
- ގއ. މާމެންދޫ ދުވެލި (6) ދޯނި - 25000 ރުފިޔާ
- ގއ. މާމެންދޫ ހުޝިޔާރު ދޯނި - 25000 ރުފިޔާ،
- ފަރެސްމާތޮޑާ ޑެއިޒީ ވިއު ދޯނި - 25000 ރުފިޔާ
- ލ.މާވަށު ރަންދޯދި ދޯނި - 25000 ރުފިޔާ
- ގއ.ކޮލަމާފުށި ރާސްތާ ދޯނި - 127433 ރުފިޔާ
- ތ. ވަންދޫ އަސްދާނު ދޯނި – 25000 ރުފިޔާ
ފަަލަސްތީނުގެ ޣައްޒާއަށް އިސްރާއިލުން މެދުކެނޑުމެއް ނެތި ދެމުންގެންދާ ހަަމަލާތަކުގެ ސަބަބުން އެތައް ހާސް މުސްލިމުން ކުދިންނާއި މީހުންވަނީ ޝަހީދުވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ހަލާކުވެ ވަކީ ނިކަމެތިވެފައެވެ.
ފަލަސްތީނު ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެޤައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައިވެސް ގިނަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ.