މި އަހަރު އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރީ މާރޗްމަހު

mas

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރީ މާރޗްމަހުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަހު މަހާ ހަމަޔަށް މަސް އެކްސްޕޯޓު ކޮށްފައިވާ އަދަދު ތަކުގައި ވަރަށް ބޮޑު ތަފާތެއް އުޅެއެވެ.

އެގޮތުން ސެޕްޓެމްބަހު މަހު އެކްސްޕޯޓު ކޮށްފައި ވަނީ86 މިލިއަން ރުފިޔާގެ މަހެވެ. އެއީ މި އަހަރު އެންމެ މަދުން މަސް އެކްސްޕޯޓު ކޮށްފައިވާ ދުވަސްވަރެވެ. އެންމެގިނައިން އެކްޕސްޕޯޓު ކުރި މާރޗް މަހު ވަނީ344 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓް ކޮށްފައެވެ.

މި އަހަރުގެ ފެބަރުއަރީގައި އެކްސްޕޯޓު ކޮށްފައި ވަނީ231 މިލިއަން ރުފިޔާގެ މަހެވެ. އަދި އޭޕްރީލްގައި193 މިލިއަން ރުފިޔާގެ މަސް އެކްޕޯޓު ކުރި އިރު، މޭ ގައި އެކްސްޕޯޓު ކޮށްފައި ވަނީ285 މިލިއަން ރުފިޔާގެ މަހެވެ.

އޭގެ އިތުރުން ޖޫންގައި261 މިލިއަން ރުފިޔާގެ މަސް، ޖުލައިގައި138 މިލިއަން ރުފިޔާގެ މަސް އަދި އޯގަސްޓްގައި93 މިލިއަން ރުފިޔާގެ މަސް ވަނީ އެކްސްޕޯޓު ކޮށްފައެވެ.

ސެޕްޓެމްބަރުގައި އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައި ވަނީ ކަނޑުމަހުގެ ބާވަތްތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ