ގެމަނަފުށީގައި މަސް ހިފަން މޫދުގައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

ގއ. ގެ،މަނަފުށި -- ފޮޓޯ/ ގާފު އޮންލައިން
ގއ. ގެ،މަނަފުށި -- ފޮޓޯ/ ގާފު އޮންލައިން

ގއ. ގެމަނަފުށީގައި މަސްހިފަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާގައި ނިޔާވެފައި ވަނީ ގއ. ކަނޑުހުޅޫއަށް ނިސްބަތްވާ އުމުރުން45 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ގެމަނަފުށީ ފަޅުތެރޭގައި ދަގަނޑު ޖަހަގައިގެން މަސްހިފަންް އޮތް އެ މީހާގެ ގައިގައި ޖެހުނީ ފަޅަށް ވަދެގެން އައި ލޯންޗަކުންނެވެ.

މި ހާދިސާ ހިނގުމާއެކު އެމީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފެށިއެވެ. ނަމަވެސް ފަރުވާ ދޭން ފެށި ފަހުން އެމީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ