photo_6246774605272429243_y-przoq2cmi0ildz0f0ps0do96eg5g0ansgk1dpm0bys

ހިންމަފުށީ ބަނދަރުން ފައްތިޔާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

ކ. ހިންމަފުށީ ބަނދަރުން ފައްތިޔާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިންމަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރަށުގެ ބަނދަރު ބޭނުންކުރުމާއި ފައްތިޔާ ދޫކުރުމުގެ އުޞޫލުގައިވާ ގޮތުގެ މަތިން ފައްތިޔަލަށް އެދޭ ފަރާތްތަކުން 30 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފައްތިޔަލަށް އެދޭ ފޯމް ފުރިހަމަ ކުރައްވާ އެއިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

"ފައްތިޔާ ދޫކުރެވޭނީ ރަށުގެ ރައްޔިތުންގެ އުޅަނދުތަކަށް އިސްކަންދޭ ތަރުތީބުން" އެރަށު ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައިި ވަނީ، "ބަނދަރު ބޭނުން ކުރުމާއި ފައްތިޔާ ދޫކުރުމުގެ އުސޫލު" އެއްކަރުދާސް ކޮށްފައެވެ. އެ އުސޫލުގައި، ފައްތިޔާ ދޫކުރުމުގެ މަގުސަތުތަކުގެ ތެރޭގައި ތިން ކަމެއް ވަނީ ފާހަގަ ކޮށްފައެވެ. އެއީ:-

  • ރަށުގެ އެތެރެ ބަނދަރު ތޮއްޖެހުން ކުޑަކޮށް ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތިން ބަނދަރު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  • ރަށުގައި ކުރި އަރަމުން އަންނަ ސިނާއަތްތަކުގެ ބޭނުންތަކަށް ގެންނަ އުޅަނދުފަހަރަށްވެސް ހަމަހަމަ އުސޫލެއްގެ ދަށުން ބަނދަރު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  • ހާއްސަ މަސައްކަތްތަކަށް ބޭނުންކުރާ ސަރަހައްދުތަކުން ފައްތިޔާ ދޫކޮށް، ބަނދަރުގެ ފުރުސަތު ފަހި ކޮށްދިނުމުގައި ނަފާ ލިބޭ ގޮތްތަކެއް ކަނޑައެޅުން، މިއެވެ.

މި އުސޫލުގެ ދަށުން، އަގެއް ނެތި ފައްޔިތާ ދޫކުރެވޭ ކެޓަގަރީއަކާއި އަގު ނެގޭ ކެޓަރަގީއެއްގެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!