މަހަށް ނިކުމެ އުޅުނު ގެމަނަފުށީ މަސް ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި ބިންދައިގެން ގޮސްގެން އުޅެނީ ގެމަނަފުށީ، އޯކިޑު 707 މަސް ދޯންޏެވެ. އެ ހާދިސާ ހިނގައިގެން އުޅެނީ ޏ. ފުވައްމުލައް ބޭރު ކަނޑުގެ ސަރަހައްދުންނެވެ. މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ދޯނީގެ ވެރިންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރުއެވެ.
ދޯނި އެއްކޮށް ދެބުރިވެފައިވާއިރު، އެ ދޯންޏަކީ ދަގަނޑު ހޮޅި އަޅާފައި އޮތް ދޯންޏަކަށްވާތީ، އެއްކޮށް ދެބައި ވަކި ނުވާކަމަށްވެއެވެ. އަދި ދޯނީގައި މިވަގުތު ތިބި އެއްވެސް ފަރާތްތަަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ދޯނީން ހާމަކުރެއެވެ.
އޯކިޑު 707 އަކީ 111 ފޫޓުގެ ބޮޑު ދޯންޏެކެވެ. މީގެ ގާގަނޑަކަށް 6 އަހަރު ކުރިން ބަނދެފައިވާ މި ދޯންޏަކީ 35 މީހުންނަށް މަހަށްދެވޭ ދޯންޏެކެވެ.
މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން މަސް ދޯނިތަކުންވެސް ދަނީ އެ ސަރަހައްދަށް ދަަތުރުކުރަމުންނެވެ. އަދި ކޯސްޓު ގާޑުގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ.
ތަފްސީލް އަންނަނީ.......