ހއ. އުލިގަމު، ފޮޓޯ- މުޙައްމަދު އަކްރަމް
ހއ. އުލިގަމު، ފޮޓޯ- މުޙައްމަދު އަކްރަމް

ހއ ގައި މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ކަނޑައަޅަން ޕްރޮޕޯސަލްއަށް ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީގައި، އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަހެއް ފާހަގަ ކުރާނެ ރަށެއް ކަނޑައަޅަން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ އަތޮޅު ކައުންސިލްގެ އިދާރާއިން ސިލްސިލާކޮށް އަތޮޅު ފެންވަރުގައި ފާހަގަކުރަމުންގެންދާ މަސްވެރިންގެ ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އަހަރުވެސް އެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ  އެއަތޮޅުގެ ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި އަދި ކުލަބު ޖަމްޢިއްޔާތަކުން އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިގެން ކަމަށް އެ ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.

އެހެންކަމުން، މަސްވެރިންގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރަން ބޭނުންވާ ރަށްރަށުން، އެކަމަށްއެދި ހުށަހަޅާ ޕްރޮޕޯސަލް ފޯމް ފުރިހަމަ ކުރުމަށްފަހު، 2023 ނޮވެންބަރު 19 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން އެ ކައުންސިލްގެ ރަސްމީ އީމެއިލް info@halifatoll.gov.mv   މެދުވެރިކޮށް  ނުވަތަ އެ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ހޯސްޓްކުރާނެ ރަށްތައް ކަނޑައަޅަން ހަމަޖެހިފައި ވަނީ ޕްރޮޕޯސަލް ފޯރމުގައި ކަނޑައަޅާފައިވާ ބައިތަކަށް ލިބޭ މާކްސްއަށް ބަލައި އިވަލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!