މަސް ކެއްކުމާއި ރިހާކުރު ކެއްކުމަށްޓަކައި ކ. ހުރާއިން ބިން ދޫކުރަން އެރަށު ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.
ހުރާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މަސްކެއްކުމާއި، ރިހާކުރު ކެއްކުމުގެ މަސައްކަތްކުރުމަށް އެރަށު ކުޅީގެ ހުޅަގުފަރާތުން ކޯރުގެ އުތުރުން (ކުރީގެ ކެޑޭޓްކޯ ބިމުގެ ތެރޭގައި) 750 އަކަފޫޓްގެ 02 ބިން ކުއްޔަށްދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިންތަކަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 15 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 އަށް އެރަށު ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި ބިޑްފޯމެއްގެ އަގަކީ -/100ރުފިޔާ ކަމަށް އެރަށު ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.
އެހެންކަމުން، މިކަމަށް ޝައުޤުވެރިވެވާ ފަރާތްތަކުން 28 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 13:00 އަށް އެރަށު ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުރާ ކައުންސިލުން ވަނީ އެދިފައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދަން ބޭނުންވާ ފަރާތްތަކުން އެކައުންސިލްގެ އީމެއިލް info@huraa.gov.mv އަށް މެއިލް ކޮށްގެން މަޢުލޫމާތު ސާފުކުރުމަށް ހުރާ ކައުންސިލުން އެދެއެވެ.