ށ.ފުނަދޫ
ށ.ފުނަދޫ

ލޮނުމަހުގެ މަސައްކަތް ކުރުމަށް ފުނަދޫއިން ބިން ދޫކުރުން

ލޮނުމަހުގެ މަސައްކަތް ކުރުމަށް ފުނަދޫއިން ބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ށ.ފުނަދޫ ކައުންސިލުން ވިދާޅުވީ މަސްވެރިކަމުގެ އެކިއެކި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ލޮނުމަހުގެ މަސައްކަތްކުރުމަށް، އެންމެ ރަނގަޅު އަގު ހުށައަޅާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވާކަމަށެވެ.

އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓު ( 50 ފޫޓު ، 30 ފޫޓު) ގެ 6 ބިމެކެވެ. އެއްފަރާތަކަށް 2 ބިމަށް އެދެވިދާނެ ކަމަށާއި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ދެކުނުކޮޅުން، ސިނާއީ ބިންތަކާއި އިންވެގެން ކަމަށް ކައުންސިލުން ބުނެއެވެ.

މަހަކަށް ހުށައެޅޭ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 70 ލާރި (1050ރ)އެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ މުއްދަތަކީ 3 މަސްދުވަސް ކަމަށާއި ކައުންސިލަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ހުށައެޅޭނެ އެންމެ ދިގު މުއްދަތެއް ކަމަށް ކަނޑައަޅާފައިވަނީ 20 އަހަރެވެ.

ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާގެނަމްބަރ 6540052 ފޯނާ ގުޅާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  22 ނޮވެމްބަރ 2023   ވާ ބުދަ ދުވަހު 13:00 އަށް މިއިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުމަށް ކައުންސިލުން އެދެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!