މަސްވެރިކަމާއި ގުޅޭ

325997_63deedd7-4_

ކުރީގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ހާސިލްކުރި ކަންތައްތަކުގެ ރިޕޯޓެއް ނެރެފި

ކުރީގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ހާސިލްކުރި ކަންތައްތަކުގެ ރިޕޯޓެއް ނެރެފިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ5 އަހަރުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާސިލް ކޮށްފައިވާ މުހިންމު މަސައްކަތްތައް" މި ނަމުގައި ނެރެފައިވާ ރިޕޯޓުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުން ހާސިލު ކޮށްފައިވާ ކަންތައްތައް ވަކިން ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން، މަސްވެރިކަމުގެ ދާއިރާގައި ހާސިލް ކޮށްފައިވާ ކަންތައްތަކުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ:-

  • މަސްވެރިކަން ހިންގާ ބެލެހެއްޓުމަށް ޒަމާނީ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރުން
  • ދޮށީގެ މަސްވެރިކަމަށް އޮއިވާލި ކަނދުފަތި ގާއިމު ކުރުމުގެ އިތުރުން ވަދުމަސްވެރިކަމަށް އަލަށް ކަނދުފަތި އަޅަން ފެށުން
  • ޑިއުޓީ މައާފްކުރުން
  • ފަހި ހަކަތަ ޕްރޮގްރާމް
  • ކޮވިޑާ ގުޅިގެން ބޮޑު ކަންނެލި ޕްރޮސެސްކުރާ ކުންފުނިތަކަށް ދޫކުރި ލޯން ޕްރޮގްރާމް
  • ދޯނިފަހަރުގައި ފެން ފިނިކުރާ ނިޒާމް (އާރުއެސްޑަބްލިޔު) ހަރުކުރުމަށް ލޯނު ދޫކުރުން
  • މިފްކޯއިން ހިންގަމުން ދިޔަ13 އައިސްޕްލާންޓް ފެނަކައާ ހަވާލު ކުރުން
  • އާ އައިސްޕްލާންޓްތައް ގާއިމު ކުރުމުގެ މަޝްރޫއު
  • ލޯނު މައާފް ކުރުން
  • މަސް ގަތުމުގެ ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް
  • "ޓްރާންސްޕޯމިންގް ފިޝަރީޒް މެނޭޖްމެންޓް އިން ސައުތް ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓް ހިމެނެއެވެ.

އެ މިނިސްޓްރީން އާއްމުކުރި މި ރިޕޯޓުގައި، މިއިން ކޮންމެ ކަމަކާ ބެހޭ ތަފްސީލީ ލިޔުމެއްވެސް ހިމަނާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!