މަސްވެރިކަމާއި ގުޅޭ

FwVBxg0aMAALuU6

27 އަހަރަށްފަހު ފައުޒީ މިފްކޯއާއި ދުރަށް

މިފްކޯގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިސްމާއިލް ފައުޒީ ރިޓަޔާކުރައްވައިފިއެވެ.

ފައުޒީ މިފްކޯގައި މަސައްކަތްކުރައްވާތާ މިހާރު 27 އަހަރުވެއްޖެއެވެ. އަދި ސީއީއޯގެ މަޤާމުވަނީ ފާއިތުވީ 5 އަހަރު ފުރުއްވާފައެވެ.

މިފްކޯއިން ވަނީ ފައުޒީ އެކުންފުންޏަށް ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ފައުޒީވަނީ މިފްކޯގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އެކުންފުނީގެ މަސް ކާރުހާނާތައް އަޕްގްރޭޑުކުރުގެ ބިޔަ މަޝްރޫއެއް ފަށާފައިވެއެވެ. އަދި މަހުގެ އުފެއްދުންތައް އިތުރު ކުރުމަށްޓަކައި އައު މަސް ދަޅުތައް ބާޒާރަށް ނެރެފައިވެއެވެ.

އަދި މަސްވެރިންގެ އަތުން މަސްގަތުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަސް ކިރާނެ ބޯޓުތައް ގައުމުގެ މަސައްކަތާއި މަސްވެރިންނަށް މަސް ކިރުމަށްފަހު އަވަހަށް ލާރި ލިބޭނެ ނިޒާމެއް ހަމަޖައްސާ މަސްވެރިންނަށް ހާއްސަ އެޕްލިކޭޝަނެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!