މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް މިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ނުވަތަ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު މިފްކޯގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައިވަނީ މިފްކޯގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް އޮޅުންފިލުއްވާފައެވެ. އެގޮތުން މިފްކޯއިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވަޒީރުވަނީ ސާފުކުރައްވާފައެވެ.
Minister @Shiyamaldives met with MIFCO senior officials to discuss progress and updates on ongoing MIFCO projects today. pic.twitter.com/XBE67EJ8gd
— Ministry of Fisheries and Ocean Resources (@MFORmv) November 20, 2023
މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި މިސަރުކާރުންވަނީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ވަކި ދެ މިނިސްޓްރީއެއް އުފައްދާފައެވެ. މިއާ އެކު ހެޔޮ ބަދަލުތަކެއް މި ދެ ސިނާއަތަށްވެސް އަންނާނެ ކަަމަށް ސަރުކާރުން ވިދާޅުވެއެވެ.
މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިފްކޯއަށް އަންނަން ޖެހޭ ޒަމާނީ ތަރައްޤީތައް އައިސްފައިނުވުމެވެ. މިފްކޯ އަޕްގްރޭޑުކުރުމުގެ ބިޔަ މަޝްރޫއެއް ކުރީ ސަރުކާރުން ފެށި ނަމަވެސް އެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ މަޑު ދުވެއްޔެއްގައެވެ.