ހއ. މޮޅަދޫ ބަނދަރުގައި މަސްކަނޑާ އަށްޓެއް އަޅާދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އަލުން އިއުލާންކޮށްފިއެވެ.
މޮޅަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެރަށުގެ ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އަށްޓެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފޮތުގައި ބަޔާން ކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންޖެހެއެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކައުންސިލްގައި ރަޖިސްޓަރ ކުރަންޖެހެއެވެ. އަދި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށައަޅަންޖެހެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 23 ނޮވެމްބަރު 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ އޮތް ފަރާތްތަކަށް އެކަނި ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 03 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ތިލަދުންމަތި އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެކަމަށް ކައުންސިލުން ހާމަކުރެއެވެ.