viber_image_2023-11-24_15-30-06-759

ޒުވާން މަސްވެރިޔާގެ ދަތުރުގައި ނޫމަރާއަށް ފޯރައިފި

ޒުވާން މަސްވެރިޔާ ހަސަން ސާޖިން އުތުރުން ދެކުނަށް ކުރާ ދަތުރުގައި، މިހާރު ހުރީ ށ. ނޫމަރާގައެވެ.

މިއީ ދަތުރުގެ ތިންވަނަ އަތޮޅެވެ. އަދި މިއީ ށ. އަތޮޅުގެ ފަސް ވަނަ މަންޒިލެވެ.

ޒުވާން މަސްވެރިޔާ ވަނީ ހއ. އަދި ހދ.ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ. ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށާއި ގުޅޭ ތަފާތު އެކި މައުލޫމާތުތަައް ގެނެސްދެމުންނެވެ. އެގޮތުން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންދާއިރު،  ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތުވެސް ފޯރުކޮށްދެއެވެ.

ޒުވާން މަސްވެރިޔާ ހަސަން ސާޖިންއަށް ނޫމަރައިން މަރުހަބާ ކިޔަނީ -- ފޮޓޯީ/ ޒުވާން މަސްވެރިޔާ ފޭސްބުކް

ޒުވާން މަސްވެރިޔާ ވެބްސައިޓް Zuvaan Masveriya  | Maldives އިން ދަތުރުގެ ހުރިހާ އަދާހަމައެއް ފެންނަން ހުންނާނެއެވެ. އަދި ޒުވާން މަސްވެރިއާ ޔޫޓިއުބު ޗެނަލް އިން މި ދަތުރުގެ ވީޑިއޯތައް ފެންނާނެއެވެ.

ޒުވާން މަސްވެރިޔާ އާއި އެކު މަސައްކަތްކުރަމުންދަނީ 5 މެމްބަރުންގެ ޓީމަކުންނެވެ. ޒުވާން މަސްވެރިޔާ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ވީޑިއޯތަކާއި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!