މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގދ. ފަރެސްމާތޮޑާގައި ފަރުމަސް ބޭނުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ފަރެސްމާތޮޑާ ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ 5ވަނަ ދުވަހުގެ 14:00ގެ ކުރިން އެރަށު ކައުންސިލް އިދާރާއަށް ފޯމް ހުށަޅަންވާނެ ކަމަށެވެ. މި މުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައިވަނީ:
1ވަނައަށް ހޮވޭ ޓީމަކަށް 10000 ރުފިޔާ
2ވަނަ އަށް ހޮވޭ ޓީމަކަށް 7000 ރުފިޔާ
3ވަނަ އަށް ހޮވޭ ޓީމަކަށް 5000 ރުފިޔާ
އަދި އެންމެ ބަރުމަސް ބާނާ ފަރާތަކަށް 500 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ގިނަ ވައްތަރުގެ މަސް ބާނާ ޓީމަކަށް 500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ހަމާކުރެއެވެ.
ކައުންސިލުން ބުނީ ބައިވެރވާ ކޮންމެ ޓީމަކަށް 20 ލީޓަރުގެ ޕެޓްރޯލް ފޯރުކޮށްދޭނެކަމަށެވެ.