ހުޅަނގު މޫސުމުގެ 17 ވަނަ ނަކަތް "ނޮރަ" ނިމި، 18 ވަނަ ނަކަތް ކަމުގައިވާ "ދޮށަ" ނަކަތް ފެށިއްޖެއެވެ.
ދޮށަ ނަކަތަކީ ނޮވެމްބަރުމަހުގެ 27ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތަކީ ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތެވެ. މި ނަކަތުގައި ވައި މަޑުވާނެއެވެ. ވައިޖެހޭނީ އިރުއުތުރުންނެވެ ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖްކޮށް 4 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ 97.6 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ.
18ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:
- އައްސިދަ
- ބުރުނު
- ކެތި
- ރޯނު
- މިއަހެލި
- އަދަ
- ފުނޯސް
- ފުސް
- އަހުލިހަ
- މާ
- ފުރަ
- އުތުރަ
- އަތަ
- ހިތަ
- ހެއި
- ވިހާ
- ނޮރަ
- ދޮށަ މިއެވެ