ކ. ގާފަރުގެ މަސްވެރިންނާއި ކައުންސިލް މެންބަރުންނާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް މިއަދު ބައްދަލުކުރައްވައިފައިއެވެ.
މަސްވެރިކަމާއި ގުޅޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ ގާފަރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށްފައެވެ. އަދި މި ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށް މަސްވެރިކަމުގެ ވުޒާރާއިން ހާމަކުރެއެވެ.
ކ. ގާފަރުގެ މަސްވެރިންނާއި ކައުންސިލް މެންބަރުންނާ މިނިސްޓަރު މިއަދު ވަނީ ބައްދަލު ކުރައްވައިފައި. މި ބައްދަލުވުމުގައި މިވަގުތު ގާފަރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށް މިކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވުނު. pic.twitter.com/YjTn4RUK7G
— Ministry of Fisheries and Ocean Resources (@MFORmv) November 27, 2023
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަންކުރުމުގައި ހުރި ދަތިތައް ދެނެގަނެ އެކަންކަމަށް ހައްލު މަސައްކަތްކުރައްވާނެ ކަމަށް މި ސަރުކާރުގެ މަސްވެރިކަމާއި ގުޅޭ ވަޒީރުވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ސިނާއަތް ކުރިއެރުވުމަށްޓަކައި އެކި ދާއިރާތަކުގެ ފަރާތްތަކާއި އެކު ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.