ޤައުމީ ޔުނިވަރސިޓީ އާއި މަސްވެރިކަމުގެ ވުޒާރާ ގުޅިގެން މަސްވެރިކަމުގެ ދާއިރާއިން މީހުން ތަމްރީމް ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙުމޫދު ޝައުގީ އަދި އެ ޔުނިވަރިސިޓީގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ގުޅިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން މަސްވެރިކަމުގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
Minister Shiyam, accompanied by Ministry officials, met with Maldives National University Chancellor Dr. Mahmood Shaugee and MNU representatives today. The purpose of the meeting was to explore potential collaboration between MNU and Fisheries Training Institution / Ministry. pic.twitter.com/WHmspOWo0T
— Ministry of Fisheries and Ocean Resources (@MFORmv) November 29, 2023
ތަފާތު އެކި ދާއިރާތަކުން ޤައުމީ ޔުނިވަރސިޓީގައި ކޯސްތައް ހިންގަމުންދާއިރު، މަސްވެރިކަމުގެ ދާއިރާގެ ކޯސްތައް ނުހިމެނެއެވެ. އެހެންކަމުން ޔުނިވަރސިޓީގައި އެފަދަ ކޯސްތަކެއް ފެށިގެން ދިޔުން ވެގެންދާނީ މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ވަނުމަށް ދެވޭ ހިތްވަރަކަށެވެ.