މަސްވެރިކަމާއި ގުޅޭ

IMG_4357

ހާލުދެރަވި މަސްވެރިއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ދޮށީގެ މަސްވެރިކަން ކުރާ "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ފަޅުވެރިއެއްެގެ ޞީއްޙީ ހާލު ދެރަވެ، އެހީތެރިކަމަށް އެދުމުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މާލެ އަތޮޅު "މާހާ ހަލު"ގައި މަސްވެރިކަން ކުރަމުންދިޔަ ކޯމަސް ދޯނީގައި ހުރި ފަޅުވެރިއެއްގެ ޞީއްޙީ ހާލުދެރަވެ އެހީތެރިކަމަށް ބޭނުންވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 07:20 ހާއިރުއެވެ.
މި މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް 112 ލޯންޗު ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސް، މިއަދު 09:22 ހާއިރު ހާލުދެރަވި ފަޅުވެރިޔާ މާލެ ގެނެސްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!