ފިޝަރީޒް މިނިސްޓްރީއާ އދ.ގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި އިނޮވޭޓިވް ކޯޕަރޭޝަން ހަރުދަނާކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އަރިހަށް އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު މިސް ކެތަރިން ހޮސްވެލް އިއްޔެ ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
އެ ބައްދަލުކުރެއްވުމުގައި މިސް ހޮސްވެލް ވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ކޯޕެރޭޝަން ފްރޭމްވޯކް 2022-2026 ގެ މައުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި މި ނިސްޓްރީ އާއި އދ.ގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި އިނޮވޭޓިވް ކޯޕަރޭޝަން ހަރުދަނާކުރުމާ ބެހޭގޮތުން ހިޔާލުފާޅުކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އދ.ގެ ޓީމާ އެއްބާރުލުން ދިނުމުގެ ވިސްނުން ހިއްސާކުރެއްވި ކަމަށްޓަކައި މިނިސްޓަރު ޝިޔާމަށް ޝުކުރު ދަންނަވަވާ ކަމަށާއި ދިވެހި ކަނޑުތަކާއި މުޖުތަމައުތަކުގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރުމުގައި އދ. އިން ދެމި އޮންނާނެ ކަމަށެވެފިޝަރީޒް މިނިސްޓްރީއާއި އދ.އާ ދެމެދު އިނޮވޭޓިވް ކޯޕަރޭޝަން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި