ސައުދީ ސަފީރު، މަސްވެރިކަމާ ބެހޭ ވަޒީރާ ބައްދަލުކުރައްވައިފި

GAgSiaibUAAhdmI

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރު މަޓްރެކް އަބްދުﷲ އަލްއަޖަލީން އަލްޑޯސަރީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ސަފީރު އަލްޑޯސަރީ ވަނީ ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކަށް އެ ގައުމުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމް ވަނީ، މަސްވެރިކަމުގެ ދާއިރާ ޑައިވާސިފައި ކުރުމުގެ ގޮތުން ސައުދީގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ މައުލޫމާތު ސަފީރާއި ހިއްސާކުރައްވައ، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ