މަސްވެރިންނަށް ނެދެވި ހުރި ފައިސާގެ ތެރެއިން 106 މިލިއަން މަސްވެރިންނަށް ދޫކޮށްފިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދި ޝިޔާމް އެކްސްގަައި ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މި ވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށާއި އެކަމުގެ ސަބަބުން މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މިލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައިި ކަމަށެވެ.
"ރައީސުލްޖުމްހޫރއްޔާ ގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރުވަނީ ރައީސް ހަމަޖައްސަވާފައި" މިނިސްޓަރު ވިދާޅުވިއެވެ.
"މަސްވެރިން" ނަށް އެނގިފައިވާ ގޮތުގައި މަސްވެރިންނަށް ދޫކޮށްފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާއެވެ. އެ ފައިސާ މިފްކޯ މެދުވެރިކޮށް މިހާރު ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު ވަނީ ބޮޑު ކަންނެލި ކިލޯއެއް 85 ރުފިޔާއަށް މަތި ކުރައްވާނެ ކަމަށާއި، މަސް ކިލޯއެއް 20 ރުފިޔާއަށް ވުރެ ދަށްނުކޮށް ހިފަހައްޓާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ
މީގެ ކުރިންވެސް މި ސަރުކާރުން ވަނީ މަސްވެރިންނަށް ނުދެވި ހުރި 30 މިލިއަން ރުފިޔާ ދޫކޮށްފައެވެ.ަ