IMG_4401

މަސްވެރިކަމުގެ ވުޒާރާއާއި އިޤްތިސާދީ ވުޒާރާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހަފްތާ 14 ގައި ކުރުމަށް ހަމަޖެހިފައިވާ މަސްވެރިކަމާއި ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން އިޤްތިސާދީ ވުޒާރާއި މަސްވެރިކަމާއި ގުޅޭ ވުޒާރާއިން މަޝްވަރާކޮށްފިއެވެ.
ވެލާނާ ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އާއި ގުޅިގެން ހަފްތާ 14 ގައި ކުރުމަށް ހަމަޖެހިފައިވާ މަސްވެރިކަމާއި ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމާއި ގުޅޭ ގޮތުން 2 ވުޒާރައިގެ މެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އިޤްތިސާދީ ވުޒާރާގެ އިސްވެރިން ބައިވެރިވެފައެވެ.
މަސްވެރިކަމުގެ ދާއިރާއިން މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެތެރޭގައި، މަސްވެރިކަމުގެ ޤައުމީ ދަފްތަރެއް އުކުލަވާލުމުގެ ގޮތުން، ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުމާއި، މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރުމަށް އެޖެންސީއެއް އުފެއްދުމާއި، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމްކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދޭ ޕްރޮގްރާމެއް ފެށުން ހިމެނެއެވެ.
އަދި ފަރުމަސްވެރިކަން ކުރާ ފަރަތްތަކަށް ލޯނުގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!