ތ.ގުރައިދޫ - ފޮޓޯ-ގުރައިދޫ މަސްވެރިންޕޭގު
ތ.ގުރައިދޫ - ފޮޓޯ-ގުރައިދޫ މަސްވެރިންޕޭގު

ގުރައިދޫގައި މަސްކަނޑާ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ތ. ގުރައިދޫ ބަނދަރުގައި މަސްކަނޑާ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ގުރައިދޫ ކައުންސިލުން ބުނީ، ކުރިން ކުރި އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 21 ޑިސެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

ބީީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 25 ޑިސެންބަރު 2023 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަންގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ  07 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަންގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެކަމަށާއި، ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށް ކައުންސިލުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!