masee

ރާއްޖެއިން 63،000 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފި

ރާއްޖެއިން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 63،071.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.2 ޕަސަންޓް އިތުރުވެފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިއަހަރު އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 44،102 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ.

ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ރީނދޫ އުރަހަ ކަންނެލީގެ އެކްސްޕޯޓް ވަނީ ދަށަށް ގޮސްފަ އެވެ.

މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 10،613 މެޓްރިކް ޓަނުގެ މަސް މިއަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!