GB30ME7a0AA79Iw

ގއ. ވިލިގިލީ މަސްވެރިންގެ ކަންބޮޑުވުންތައްވެސް ވަޒީރާއި ހިއްސާކޮށްފި

މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީޒު އަޙްމަދު ޝިޔާމު، ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ޒިޔާރަތްކުރައްވާ ވިލިނގިލީގެ ކައުންސިލް މެންބަރުންނާއި ރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ވަޒީރު އަޙްމަދު ޝިޔާމް ވަނީ ގއ އަތޮޅުގެ ރަށްރަށަށް ޚާއްސަކޮށް މިއަދު ފެށި ދަތުރުގެ މަޤުސަދަކީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި މަސްވެރިންގެ ސީދާ ބައިވެރިވުން އިތުރުކޮށް މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވިލިނގިލީގެ މަސްވެރިން ވަނީ މަސްވެރިންނަށް ފައިސާލިބުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންނަށް ދިމާވާ އައިސް ލިބުމުގެ ދަތިތަކުގެ އިތުރުން ކޫއްޑޫއަށް ދިމާވެފައިވާ މަސްކިރުމުގެ ދަތިތައް ވީހާވެސް އަވަހަކަށް ހައްލު ހޯއްދައިދިނުމަށް އެދިފައެވެ. އަދި އޮންލައިންކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާ ކޮށްފައިވެއެވެ.މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިނގިލީގެ މަސްވެރިންނަށްވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުދައިދިނުމަށްވެސް މަސްވެރިން ވަނީ އެދިފައެވެ.

ވަޒީރު ޝިޔާމްވަނީ މިއަދު ގއ. ކޮލަމާފުއްޓަށްވެސް ޒިޔާރަތްކުރައްވާ، އެރަށުގެ މަސްވެރިންނާއި ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!