IMG_4448

އައިސްޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނެސްދީ - ދެއްވަދޫ މަސްވެރިން

ގއ. ދެއްވަދޫގެ މަސްވެރިންނާއި ކައުންސިލް މެންބަރުންނާ ވަޒީރު އަޙްމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް މެދުކެނޑިފައިވާ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މުހިންމުކަން މަސްވެރިންނާއި ކައުންސިލް މެމްބަރުންވަނީ ފާހަގަކޮށްފައެވެ.
އަދި ކައިރި ރިސޯޓްތަކަށް ފަރުމަސް ވިއްކޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށް ވެސް އެދިފައިވެއެވެ. ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ވުޒާރާއިން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒީރު އަޙްމަދު ޝިޔާމްވަނީ ފާހަގަކުރައްވާފައެވެ.
އަދި ކަނޑުމަހުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް، މަހުގެ އުފެއްދުންތައް މާކެޓް ކުރުމަށް ޚާއްސަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމު ގއ. އަތޮޅަށް ކުރައްވަމުން މިގެންދަވާ ދަތުރުގައި މިއަދު ވަނީ ގއ. ކޮލަމާފުށި ،ވިލިނގިލި އަދި މާމެންދޫއަށް ޒިޔާރަތްކުރައްވާ އެރަށްރަށުގެ މަސްވެރިންނާއި ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!