IMG_4472

ފެނަކައާ ހަވާލުކޮށްފައިވާ އައިސްޕްލާންޓުތައް އޮޕަރޭޝަނަށް ގެނެސްދީ - ގެމަނަފުށީ މަސްވެރިން

ގއ. ގެމަނަފުށީ މަސްވެރިންނާއި ކައުންސިލް
މެންބަރުންނާ ވަޒީރު އަޙްމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމާއި، ކޫއްޑޫގެ މަސްކިރުވުމާއި އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށާއި، ވަގުތުން ފައިސާ ލިބޭނެ އިންތިޒާމްތައް ވީއެންމެ އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް ގެމަނަފުށީގެ މަސްވެރިން ވަނީ އެދިފައެވެ.

އަދި ފެނަކައާ ހަވާލުކޮށްފައިވާ އައިސްޕްލާންޓުތައް އޮޕަރޭޝަނަށް ގެނެސް ދެއްވުމަށް މަސްވެރިން އެދިފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ސްޓޯރޭޖާއި، އައިސްޕްލާންޓުތަކުގެ މަސައްކަތް ނިންމާ މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވަވާ ކަމެއްކަމަށް ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!