ފަރެސްމާތޮޑާ
ފަރެސްމާތޮޑާ

ފަރެސްމާތޮޑާ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިކުރުމަށް ބިމެއް ދޫކުރަނީ

ގދ. ފަރެސްމާތޮޑާ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިކުރުމަށް ކުއްޔަށް ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ވައިކިންގ ފިހާރައިގެ އުތުރު ފަރާތުގައި އޮތް 50ފޫޓު 50 ފޫޓުގެ ހުސްބިން ކަމަށެވެ.

މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖަނަވަރީ 2024މ ދުވަހުގެ 13:00އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު 16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ޕްރޮޕޯސަލް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " ވައިކިންގ ފިހާރައިގެ އުތުރު ފަރާތުއޮތް ހުސްބިން ކުއްޔަށް ހިފުން" މިހެން ލިޔެފައި ޖެހެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ބައިވެރިނުވާ ފަރާތްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް އާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލް  ބަލައިނުގަނެވޭނެކަމަށް ކައުންސިލުން ހާމަކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!