ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ
ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ

ލައިސަންސް ލިބިގެން ބޭނޭ އަދި އެކްސްޕޯޓް ކުރެވޭ ކަންނެލީގެ ބާވަތްތައް

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމާއި ބޮޑުކަންނެލި ރާއްޖެއިން އެކްސްޕޯޓު ކުރުމުގެ ގަވާއިދުގެ ދަށުން، ލައިސަންސް ލިބިގެން ބޭނެ އަދި އެކްސްޕޯޓު ކުރެވޭ ކަންނެލީގެ ބާވަތްތަކެއް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނި ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެއްޔެވެ. އަދި އެކްސްޕޯޓު ކުރަން ހުއްދަ ދެވޭނީ، ބޮޑު ކަންނެލީގެ ބާވަތްތަކުގެ ރޯމަހާއި އޭގެ ބައިތަކަށް ބަދަލެއް ގެނެސްގެން އުފައްދާ ބާވަތްތަކަށެވެ.

އެހެންކަމުން، އެހެން ގޮތަކަށް ކަނޑަ ނާލާ ހިނދަކު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ75 މޭލާއި200 މޭލާ ދެމެދުގައި މަސްވެރިކަން ކުރުމަށް، ލައިސަންސް ލިބިގެން ކުރާ މަސްވެރިކަމުގައި ބޭނޭ ބައިޗެކްގެ ތެރެއިން ރާއްޖެއިން އެކްސްޕޯޓު ކުރުމަށް އެ ފަރާތްތަކަށް ހުއްދަ ބާވަތްތަކާމެދުވެސް ޢަމަލު ކުރެވޭނީ، މި ގަވާއިދުގެ ދަށުން ބޮޑު ކަންނެލީގެ ބާވަތްތަކާމެދު އަމަލު ކުރާ ގޮތަށެވެ.

ރާއްޖެއިން ކޮންމެ އަހަރަކު ބޮޑުކަންނެލި ބާނަންވީ މިންވަރުގެ ޖުމުލަ ކޯޓާ ކަނޑައެޅުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ޖުމުލަ ކޯޓާ ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީއިން ރިޢާޔަތް ކުރަން ވާނެ ކަމަށް ގަވާއިދުގައި ވެއެވެ. އެ ކަންކަމަކީ:-

  • ބޮޑުކަންނެލީގެ ސްޓޮކްތަކުގެ ހާލަތު ހުރި ނެތް ގޮތް
  • ބޮޑުކަންނެލީގެ ސްޓޮކްތަކުގެ ހާލަތާ ބެހޭގޮތުން ލިބެންހުރި މައުލޫމާތުގެ ސައްހަކަން
  • ރާއްޖޭގެ މަސްވެރިކަމާއި އިގްތިސާދު ކުރި އެރުވުމާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާއާއި މަސައްކަތުގެ ފުރުސަތު ދެމެހެއްޓުމުގެ މުހިންމުކަން މިއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!