މަސް ދޯންޏެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
މަސް ދޯންޏެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

އިރުވައި މޫސުމުގެ 3 ވަނަ ނަކަތް: އުތުރަހަޅަ

އިރުވައި މޫސުމުގެ ދެވަނަ ނަކަތް، ފުރަހަޅަ ނިމި 'އުތުރަހަޅަ' ފަށައިފިއެވެ.

އިރުވައިގެން ތިންވަނަ ނަކަތް އުތުރަހަޅަ ކުރިއަށްދާނީ ޖަނަވަރީމަހުގެ 6 އިން ޖަނަވަރީމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.
އުތުރަހަޅަ ނަކަތުގައި އުޑުމަތި ސާފުވިޔަސް ވަޔާއި ކަނޑު ގަދަ ވާނެއެވެ. ވައި ޖެހޭނީ އިރު އުތުރުންނެވެ.

ޖުމުލަ 9 ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 6 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

އިރުވައި މޫސުމުގެ ނަކަތްތައް:

  • މުލަ
  • ފުރަހަޅަ
  • އުތުރަހަޅަ
  • ހުވަން
  • ދިނަށަ
  • ހިޔަވިހަ
  • ފުރަބަދުރުވަ
  • ފަސްބަދުރުވަ
  • ރޭވަ
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!