މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތަކާއި ހިބަރުގެ ބާވަތްތައް ހޯދުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުމަކީ ރާއްޖޭގައި މަނާކަމެކެވެ.
ކަނޑުމަހުގެ މަސްވެރިކަމުގައި ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކޮށްފައިވަނީ 2016 ވަނަ އަހަރު އައި.އޯ.ޓީ.ސީއިން ފާސްކޮށްފައިވާ ގަރާރަކުންނެވެ.
އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބަލައްޓާ ސަރަހައްދީ ޖަމުއިއްޔާއެވެ. މިޖަމުއިއްޔާގެ ނިންމުންތައް މެންބަރު ގައުމުތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ގަވާއިދުތަކުން ތަންފީޒުކުރަންޖެހެއެވެ. ދިވެހިރާއްޖެއިން އައި.އޯ.ޓީ.ސީގެ މެންބަރަކަށްވީ 2011ވަނަ އަހަރުގައެވެ.
މަސްވެރިކަމުގައި ކަނޑުމަހުގެ ބާވަތެއް ނުވަތަ ހިބަރު ހޯދުމަށް ނުވަތަ ހިފުމަށް ވައިގެ އުޅަނދެއް ނުވަތަ ޑްރޯން ބޭނުންކުރުން މަނާކުރުމުގެ ބޭނުމަކީ ޕެސިފިކް ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުން މަސްއައިން ހޯދުމަށް ހެލިކޮޕްޓަރާ އަދިވެސް އެހެނިހެން ވައިގެ އުޅަނދުތަށް ބޭނުންކޮށް މަސްވެރިކަމުގެ 'އެފިޝަންސީ' އިތުރުކުރަމުން ދާތީވެ، އިންޑިއާ ކަނޑުގައި ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުތަކުންވެސް މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށް މަސްވެރިކަމަށް ކުރާ ހޭދަ (ފިޝިން އެފޯޓް) ކުޑަކުރުން ކޮންޓްރޯލް ކުރުމެވެ.
އަދި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ އާބާދީ ދަށްވިޔަ ނުދީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން ދިވެހިރާއްޖޭގައި މަނާކުރެވިފައިވަނީ 2020 ވަނަ އަހަރު ގެޒެޓުކުރެވުނު ގަވާއިދު ނަންބަރު: 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) އިންނެވެ.
މައުލޫމާތު : މަސްވެރިކަމާއި ބެހޭ ވުޒާރާ
One Response
Divehin bodudhaa alhaigen masverikan nukuraa iru mikan manaavakah nujehe noontho