GEn_RoRa4AQE_aD

ކަނޑިންމަ ރިސޯޓު ފުއްޓަރު ކައިރިން ފެނުނު ކިނބޫ ހިފައިފި

ދ. ކަނޑިންމަ ރިސޯޓު ފުއްޓަރު ކައިރިން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
ދިގު މިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ ދ.އަތޮޅު ރިސޯޓެއްގެ ފުއްޓަރު ކައިރިންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރުއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!