ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

ޑިސެމްބަރުމަހު ރާއްޖެއިން 221 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފި

މިދިޔަ މަހު ރާއްޖެއިން 221 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. ނޮވެމްބަރުމަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 185 މިލިއަން ރުފިޔާގެ މަހެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހުގެ ބާވަތްތަކެވެ.

އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވާ މަހުގެ ބާވަތްތައް

  • ގަނޑުކުރި ކަޅުބިލަމަސް – 127 މިލިއަން ރުފިޔާ
  • ދަޅުގައި ނުވަތަ ޕައުޗުގައި ބަންދުކޮށްގެން ( ކަޅުބިލަމަސް) – 38 މިލިއަން ރުފިޔާ
  • ތާޒާ ރީނދޫ އުރަހަ ކަންނެލި – 7 މިލިއަން ރުފިޔާ
  • ތަޅުގައި ނުވަތަ ޕައުޗުގައި ބަންދުކޮށްގެން ( ރީނދޫއުރަހަ ކަންނެލި) – 18 މިލިއަން
  • ގަނޑުކުރި ރީނދޫއުރަހަ ކަންނެލި – 31 މިލިއަން ރުފިޔާ

ކަނޑު މަހަކީ ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރާ ބާވަތެވެ. އޭގެތެރޭގައިވެސް މައިގަނޑުގޮތެއްގައި ހިމެނެނީ ކަޅުބިިލަމަހާއި ރީނދޫއުރަހަ ކަންނެލިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!