GFGZIFwaUAAQYYb

ދ. މީދޫ ކައިރީ ވަދު ކަނދުފައްޗެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ދ.މީދޫ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދ. މީދޫގެ މަސްވެރިންނަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މީދޫގައި ޤާއިމްކުރެވެމުންދާ އައިސް ޕްލާންޓްގެ މަސައްކަތާއި މީދޫ ސަރަޙައްދުގައި ވަދު ކަނދުފައްޗެއް ޤާއިމު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
އަދި މީގެއިތުރުން ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ މި ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މަސްވެރިންނާއި ގާތުން މަސައްކަތްކުރުމަށްޓަކައި މަސްވެރިކަމާއި ބެހޭ ވަޒީރު ގެންދަވަނީ އެކިއެކި ކައުންސިލްތަކާއި ބައްދަލުކޮށް، އެ ރަށްރަށުގެ މަސްވެރިންނަށް ހުރި ދަތިތަކާއި ގުޅޭ މައުލޫމާތުތައް ހޯދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!