ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން ގދ.މަޑަވެލީގެ 8 ދޯނިން 8 ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފިއެވެ.
ކޯސް ފުރިހަމަކުރި ބައިވެރިން:
ފާރިޝް މުޙައްމަދު / ޓީއެސްލައިން
އަޝްރަޤު ފަހީމް / އަލިމަސް
ފަރީން މުޙައްމަދު / ކަނޑުވާލި
އަޙްމަދު އަބްދުﷲ / ކަމަނަ
އަޙްމަދު އާދަމް / ހަމަތި
މަރްޒޫގު އަބްދުﷲ / މުރިނގު
އަބްދުﷲ ހަސަން / ސީވޯލްޑް
މުޙައްމަދު އަބްދުﷲ / ރަސްއަލި
ރެސްކިއު ޑައިވަރުން ޕްރޮގްރާމް ފަށާފައިވަނީ ޖެނުއަރީމަހުގެ 19ވަނަ ދުވަހުއެވެ.
މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތަކެވެ.
ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.