ޖެލީފިޝް ފެންނަ މޫސުމުގައި މޫދަށް އެރުމުގައި ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިލްތިމާސްކޮށްފިއެވެ.
މިދުވަސްވަރަކީ ޖެލީފިޝް ފެންނަ މޫސުމަށް ވުމުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ވަނީ އެކްސްގައި ޕޯސްޓެއް ޝެއަރކޮށްފައެވެ.
ޖެލީފިޝް ވިހަވުމުން ފެނިދާނެ އަލާމާތްތައް
- ދިލަ ނެގުން
- ހަންގަނޑުގެ ކުލަ ބަދަލުވެ ހިރުވުން
ޖެލީފިޝް ވިހަވުމުން ނުރައްކާތެރިވެދާނެ ޢަލާމާތްތައް
- ވިހަވި ތަނަށް އާދަޔާ ހިލާފަށް ތަދުވުން
- އަކުނިވަޔަށް ދެމުން
- ބޯ އަނބު ހޮޑުލުން
- އާދަޔާ ހިލާފަށް ދާހިއްލާ މޭގައި ރިއްސުން
- ކަރުބެދި ނޭވާލާން އުނދަގޫވުން
ޖެލީފިޝް ގައިގާ ޖެހިއްޖެނަމަ ކުރެވިދާނެ ކަންތައްތައް
- އަވަހަށް އެއްގަމަށް އެރުން
- ހަށިގަނޑުގައި ވިހައިގެ އަސަރުކޮށްފައިވާ ތަންތަނަށް ލޮނުފެން އަޅާ 30 ސިކުންތު ވަންދެން ދޮވެލުން
- ވިހައިގެ އަސަރުކުރި ތަންތަން ދޮވުމަށް ސާފު ފެން ބޭނުން ނުކުރުން
- ޓުވީޒަރެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ހަންގަނޑަށް ހުރިފައިވާ ބައިތައް ނެގުނ
- ވިހައިގެ އަސަރު ކެނޑުވުމަށް ތާފަނާ ފެނަށް ލައިގެން 30 މިނެޓް މަޑުކޮށްލުން
- ވިހައިގެ އަސަރުކުރި ތަންތަނުގައި ރިއްސާ ނުވަތަ ނުރައްކާތެރި އެއްވެސް އަލާމާތެއް ހުރި ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުން
ޖެލީފިޝް ފެންނަ މޫސުމުގައި މޫދަށް އެރުމުގައި ސަމާލުވޭ! 🌊 pic.twitter.com/4Xdsm0vhZA
— Health Protection Agency (@HPA_MV) February 1, 2024
ޖެލީ ފިޝް ވިހަވުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
- ޖެލީފިޝް ފެންނަ މޫސުމުގައި މޫދަށް އެރުމުގައި ސަމާލުވުން
- މޫދަށް އެރޭނަމަ، ހަށިގަނޑުގެ ހުރިހާ ހިސާބެއް ނިވާވާ ޖެލީފިޝް ވިހައިގެ އަސަރު ނުކުރާނޭ ފަދަ ހެދުމެއްގައި މޫދަށް އެރުން
- ޖެލީފިޝް ވިހައިގެ އަސަރުކޯށްފިނަމަ ވަގުތުން އަވަސް ފަރުވާ ދިނުމާއި ސިއްހީ ފަރުވާ ހޯދުން
މީގެކުރިންވެސް އެކި ދުވަސްވަރު ހުޅުމާލެ ގޮނޑުދޮށްތަކުންވެސް ޖެލީ ފިޝް ފެނެގެން ރިޕޯޓުކޮށްފައިވެއެވެ. ޖެލީ ފިޝްއަކީ އޭތި ގައިގައި ޖެހިއްޖެ ނަމަ އެލާޖިކް ރިއެކްޝަނެއް އަންނަ އެއްޗެކެވެ. އޭގެ ސަބަބުން ގައި ހިރުވުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ. ޖެލީ ފިޝްއެއް ގައިގައި ޖެހިއްޖެ ނަމަ ސިއްޙީ އަވަސް ފަރުވާ ހޯދަންވާނެއެވެ.