މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. މިއަދު 18:00 – 00:00 އަށެވެ.
މެޓުން ބުނީ މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ގުނަމުން މިދަނީ އިރުވައި މޫސުމުގެ 5ވަނަ ނަކަތް ކަމުގައިވާ ދިނަށަ ނަކަތުގެ ދުވަސްތަކެވެ. އިރުވައިގެ 5ވަނަ ނަކަތް ދިނަށަ ކުރިއަށްދާނީ ފެބްރުއަރީމަހުގެ 01 އިން 13އަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.
ދިނަށަ ނަކަތުގައި އުޑުމަތި ސާފުވެފައި ކަނޑު މަޑުވާނެއެވެ. ވައި ޖެހޭނީ އިރު އުތުރުން އާދައިގެން ވަރަކަށެވެ.
ޖުމުލަ 9 ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 4 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.