GF55Nt4WwAAWyik

ގއ. ވިލިނގިލި 14 ދޯނިން 14 ފަޅުވެރިއަކު ރެސްކިއު ޑައިވާ ކޯސް ފުރިހަމަކޮށްފި

ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން، ގއ. ވިލިނގިލި 14 ދޯނިން 14 ފަޅުވެރިއަކު ރެސްކިއު ޑައިވާ ކޯސް ފުރިހަމަކޮށްފިއެވެ.

ރެސްކިއު ޑައިވަރުން ޕްރޮގްރާމް ފަށާފައިވަނީ ޖެނުއަރީމަހުގެ 19ވަނަ ދުވަހުއެވެ. އަދި ގދ. މަޑަވެލީގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމުގައި 8 ދޯނިން 8 ފަޅުވެރިއަކު ވަނީ ރެސްކިއު ޑައިވާ ކޯސް ފުރިހަމަކޮށްފައެވެ.

މި ބުރުގައި ކޯސް ފުރިހަމަ ކުރި ބައިވެރިން،
1. އަޙްމަދު ސާހިލް މުޙައްމަދު / ކަރަވައްތާ
2. މުޙައްމަދު ފިރްދައުސް / މަސްޚަޒާނާ - 5
3. އަޙްމަދު ޝަހުސަން / އުޖާލާ
4. މުޙައްމަދު ޔުޒްލީން / ހުސީނާ
5. އިބްރާހިމް އަޒީޒް / މަސްރޯދި
6. މުޙައްމަދު އަޒީޒު / ފަހިމަގު 303
7. އަޙްމަދު ހައިޝަމް އަޙްމަދު / ދުރުރާސްތާ
8. މުއައްޒަމް މުޙައްމަދު / މަސްވާރު
9. މުޙައްމަދު އިބްރާހިމް / މަސްއައިން
10. އަޝްރަޤް ޤާދިރު / ރިވެލި
11. މުޙައްމަދު ޖާވިދު / ބްލޫ ފިޝް
12. އަބްދުالله ޔާމީން / ދެރިޔާ
13. އަޙްމަދު ސާއިފް ޒުހުރީ / މަސްކުރި
14. ނިރުޝާދު އަޙްމަދު / މަސްތޫރި

މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅާއިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާ، އެފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ތަމްރީން ދެނީ ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތަކެވެ.

ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި، އެނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ޙާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!