މަސްވެރިކަމާއި ގުޅޭ

mas

ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގު ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން 20 ރުފިޔާ އަށް ދަށްކުރަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ރިއާޔަތްކޮށް، މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރުމަށް އިކޮނޮމިކް ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ސިޔާމް ވިދާޅުވީ، މާދަމާއިން ފެށިގެން މަސް ގަންނާނީ ކިލޯއަކަށް 20 ރުފިޔާގެ މަގުން ކަމަށެވެ.

މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގެ ތެރޭގައެވެ.

މަސް ގަންނަ އަގު ބޮޑުކުރުމުން، މަސް ބަންދުކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މާކެޓު އަގަށްވުރެ ބޮޑު އަގުގައި މަސް ގަންނަން ޖެހޭތީ އެންސިސް ފިޝަރީޒް އިން ވަނީ މަސް ގަތުން ހުއްޓާލާފައި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ ބަންދު ވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!