މަސްވެރިކަމާއި ގުޅޭ

GGISUoTaoAAp1KN

ދިއްގަރުގެ މަސްވެރިންނަށް ހުރި ދަތިތައް ވަޒީރާއި ހިއްސާކޮށްފި

ދިއްގަރުގެ މަސްވެރިންނަށް ހުރި ދަތިތައް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމާއި ހިއްސާކޮށްފިއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި މ. ދިއްގަރުގެ ކައުންސިލް ބޭފުޅުންނާއި، ވުޒާރާގެ އިސްވެރިން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ދިއްގަރުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްފެކްޓަރީގެ މަސައްކަތް އިދާރީގޮތުން ގޮސްފައިވާ މިންވަރާ މަސްރައްކާކުރާ ސްޓޯރޭޖްގެ މަސައްކަތާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މަސްކިރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މިފްކޯގެ ބޯޓެއް އެރަށާއި ކައިރި ސަރަޙައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކައުސިލުން ވަނީ އެދިފައެވެ.

ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ މަސްވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު ދިއްގަރު ކައުންސިލާ ވަނީ ހިއްސާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!