Screenshot 2024-02-12 at 20.51.29

މަސްވެރިންނާ ގުޅޭ، ޑީޕް ސިނާ މަޖިލީހަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި

މަސްވެރި ސިނާއަތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެދެވޭ ކުރިއެރުންތަކެއް ހޯދައިދިނުމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ޓިކެޓުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް މުހައްމަދު ސިނާން (ޑީޕް ސިނާ)، އިލެކްޝަން ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ސިނާ ފޯމު ހުށަޅުއްވާފައިވަނީ، ދާއިރާގެ އިސް ބޭފުޅުންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއެކު އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

"މަސްވެރިންނަށް" މައުލޫމާތު ދެއްވަމުން ސިނާ ވިދާޅުވީ، އޭނާ މަޖިލީހަށް ވާދަކުރެއްވުމުގެ އެއް ބޭނުމަކީ، މަސްވެރިންގެ ހައްގުތަކާއި ޑައިވަރުންގެ ހައްގުތައް ރައްކާތެރިކޮށްދީ ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ.

ސިނާއަކީ 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ޑައިވިންގެ ދާއިރާގައި ރިސޯޓްތަކާއި ސަފާރީތަކުގައި މަސައްކަތް ކޮށްފައިވާ ކޮލިފައިޑް ޑައިވަރެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިވްތައް ކުރުމުގެ އިިތުރުން ސިނާ ވަނީ ރާއްޖެއިން ބޭރުގެ އެކިއެކި ގައުމުތަކުވެސް މަސައްކަތްކޮށްފައެެވެ.

ސިނާ ފާހަގަވެފައިވަނީ، ކަނޑުގެ ގުދުރަތީ ނިޒާމަށް ބަދަލު އަންނަ ފަދަ އަމަލުތަކާއި އަބަދުވެސް ދެކޮޅު މީހެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓްގައި އެތަކެއްޗަށް ކާންދިނުމާއި ދެކޮޅަށް އަޑުއުފުލައި، ރިސޯޓްތަކުން އެއްތަނަކަށް ޑަސްބިން އަޅައިގެން މަހަށް ކާންދިނުމާއިި ދެކޮޅަށްވެސް އަޑުއުފުލައިފައެވެ. އަދި ރާއްޖޭގައި ޑައިވިން އެސޯސިއޭޝަނެއް އޮވެ، އުސޫލުތަކެއް އެކުލަވާލެވިފައި ވީނަމަވެސް، އެ ދާއިރާގައި ގަވައިދުތަކާއި ފުށުއަރާ އަމަލުތައް ބެލެހެއްޓޭނެ ނިޒާމެއް ރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ނެތުމުގެ ކަންބޮޑުވުންވެސް ސިނާ އެބައޮތެވެ.

ސިނާއަކީ ދިވެހީންގެ ލޭ ނާރުކަމުގައިވާ މަސްވެރިކަމާވެސް ގުޅިފައިވާ ފަރާތެކެެވެ. އެގޮތުން އަމިއްލަ އޮޑިއެއްގައި މަސްވެރިކަމުގެ ސިނާއަތުގައި ސިނާ މިހާރުވެސް ހަރަކާތްތެރިވެއެވެ. އެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއި އެކަމަށް ގެނެވޭނެ ހައްލުތަކަށް ޝިނާ ފަރިތައެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މަސްވެރިންނާއި ޑައިވަރުންގެ އަޑު ގުގުމާލުމަށް ސިނާ އަށް ވޯޓު ދެއްވައި، ސިނާ ހޮވައިދެއްވުމަކީ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށްވެސް އަދި ރާއްޖޭގެ ޑައިވިންގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުރިއެރުމަށްވެސް މުހިންމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. އެއީ ސިނާ އެ ދެކަމުގައިވެސް އަމަލީ ތަޖުރިބާ ލިބިހުރި، އެ އިހްސާސްތައް ދަންނަ ބޭފުޅަކަށްވުމުންނެވެ،

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!