ގއ. ގެމަނަފުށީ އައިސްޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ. މިކަން ހާމަކޮށް މަސްވެރިކަމާއި ގުޅޭ ވުޒާރާއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ އިންޖީނިއަރުންގެ އެހީތެރިކަމާއި އެކު އެރަށުގެ އައިސްޕްލާންޓަށް ދިމާވި މައްދަލަ ހައްލުކޮށް އައިސް ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ހިދުމަތް ހުއްޓިފައި ހުރި އައިސްޕްލާންޓުތައް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި މީގެއިތުރުން ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.
މި 9 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، އއ. ރަސްދޫ، ލ. މާމެންދޫ، ދ. މީދޫ، ގދ. ރަތަފަންދޫ، ޅ. ނައިފަރު، މ. ވޭވައް، ގދ. ފިޔޯރީ އަދި ލ. މާވަށެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މީގެތެރޭގައި ސައުދީ ފަންޑުން ހިންގާ 5 ޕްރޮޖެކްޓަކާއި، 2023 ވަނަ އަހަރު ފެނަކައާއި ޙަވާލުކޮށް ލަސްވާތީ ޓަރމިނޭޓްކުރި 4 ޕްރޮޖެކްޓެއްވެސް ހިމެނޭކަމަށެވެ.