GGRfOrKbgAAsAa7

ފިޔޯރީއާ ކައިރި ސަރަހައްދެއްގައި ވަދު ކަނދުފައްޗެއް އެޅުމާބެހޭ ގޮތުން މަޝްވަރާކޮށްފި

ވަޒީރު އަޙްމަދު ޝިޔާމް ގދ. ފިޔޯރީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކޮށްފިއެވެ.

ރާއްޖޭގެ ދެކުނުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތާބެހޭ ގޮތުނާއި ފިޔޯރީގައި ގާއިމު ކޮށްފައިވާ އައިސްޕްލާންޓްގެ މަސައްކަތާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން ފިޔޯރީއާ ކައިރި ސަރަހައްދެއްގައި ވަދު ކަނދުފައްޗެއް އެޅުމާބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ މަސްވެރިކަމާއި ބެހޭ  ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ފިޔޯރީ ކައުންސިލާ ވަނީ ހިއްސާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!