މަސްވެރިންނަށް ފައިސާ ލިބުން ލަސްވަމުންދާތީ ކޫއްޑޫގައި މިވަގުތު ޝުއޫރު ފާޅުކުރަމުންދާ މަސްވެރިންނާ ބައްދަލުކުރުމަށް ވަޒީރު އަޙްމަދު ޝިޔާމު ކޫއްޑޫއަށް ވަޑައިގެންފިއެވެ.
މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ މަސްވެރިންނަށް ދެއްވާފައެވެ.
އަދި މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމު މިފްކޯއިން ހަމަޖައްސާނެކަމުގައިވެސް ވަޒީރުވަނީ މަސްވެރިންނަށް ދަންނަވާފައެވެ.
ވަޒީރު އަޙްމަދު ޝިޔާމް މިވަގުތު ކޫއްޑޫގައި ތިބި ކެޔޮޅުންނާ ބައްދަލުކުރަނީ. https://t.co/YoOIVbNgI9 pic.twitter.com/EfytSNrO53
— Ministry of Fisheries and Ocean Resources (@MFORmv) February 18, 2024
ވަޒީރު ޝިޔާމް ދަނީ ކޫއްޑޫގައި ތިބި މަސްވެރިންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑު އައްސަވަމުންނެވެ. އެގޮތުން އެރަށުގައި ތިބި ކެޔޮޅުންނާއިވެސް ވަޒީރުވަނީ ވަކިން ބައްދަލުކޮށްފައެވެ.