ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން
ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާރޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މެޓުން ބުނީ، އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް މިއަދު އިރުއޮއްސި 6:55 އިން މިރޭ 10:30 އަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!