ހުޅުމާލެ ފޭސް 2 ގެ މަސް މާރުކޭޓު. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް 2 ގެ މަސް މާރުކޭޓު. ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް 2ގައި ފަރުމަހަށް ހާއްސަ މަސްމާރުކޭޓެއް ހުޅުވައިފި

އެޗްޑީސީ އިން ރަމަޟާން މަހަށް  ޚާއްސަކޮށް  ހުޅުމަލޭ ފޭސް 2 ގައި މަސް މާރުކޭޓެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މި އެޗްޑީސީއިން ކުރަމުންދާ މަސައްކަތުގެދަށުން ފޭސް 2ގައިވަނީ މަސް މާރުކޭޓަކާއި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާފައެވެ.

މި މަސް މާރުކޭޓަކީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ ކޮށްގެން މި ހުޅުވާފައިވާ މަސްމާރުކޭޓެކެވެ. މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސްމާރުކޭޓެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

ހުޅުމާލެ ފަރުމަސް މާރުކޭޓު. ފޮޓޯ: އެޗްޑީސީ

މަސް މާރުކޭޓުގެ އިތުރުން، ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައެވެ. ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ދާނެއެވެ. އަދި މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1 އަދި 2  އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުމެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!