މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ
މަސްވެރިންތަކެއް، ފޮޓޯ-މަސްވެރި އިހަވަންދޫ

އިރުވައި މޫސުމުގެ 8 ވަނަ ނަކަތް: ފަސް-ބަދުރުވަ

އިރުވައިގެ 7 ވަނަ ނަކަތް ފުރަބަދުރުވަ ނިމި ' ފަސްބަދުރުވަ' މިއަދު ފެށިއްޖެއެވެ.

އިތުރުވައި މޫސުމުގެ 8 ވަނަ ނަކަތް ކަމުގައިވާ ފަސްބަދުރުވަ ކުރިއަށްދާނީ މާރޗް 13 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.

ފަސްބަދުރުވަ ނަކަތުގައި އާއްމުކޮށް އުޑުމަތި ސާފު ވާނެއެވެ. މި ނަކަތުގެ ތިންވަނަ ނުވަތަ ހަތަރުވަނައަށް ވާ ދުވަހު، ނަކަތުގެ ނަމާ ގުޅިފައިވާގޮތަށް މޫސުން ގޯސްވުން އެކަށީގެންވެއެވެ.

މި ނަކަތުގައި ކޮންމެވެސް ވަރަކަށް ވިދުމާއި ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނީ އާދައިގެ ވަރަކަށެވެ. އަދި ވައިގެ ބާރުމިން އާއްމުގޮތެއްގައި ހުންނާނީ ގަޑިއަކު7 ނޯޓިކަލް މޭލު ބާރު މިނުގައެވެ.

މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.

ޖުމުލަ 9 ނަކަތް ހިމެނޭ އިރުވައި މޫސުމުގައި ބާކީ ދެން އޮތީ އެންމެ ނަކަތެކެވެ. އެއީ 'ރޭވަ' ނަކަތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

އިރުވައި މޫސުމުގެ ނަކަތްތައް:

  • މުލަ
  • ފުރަހަޅަ
  • އުތުރަހަޅަ
  • ހުވަން
  • ދިނަށަ
  • ހިޔަވިހަ
  • ފުރަބަދުރުވަ
  • ފަސްބަދުރުވަ
  • ރޭވަ
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!