ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް، ލ. މާމެންދޫގެ ބައެއް މަސްވެރިންނާ ބައްދަލު ކުރައްވައި، މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިތޯ ބެލުމަށް މަޝްވަރާ ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މަސްވެރިންނާ ބައްދަލު ކޮށް ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރެވުނު ކަމަށެވެ.
އެގޮތުން، މާންދޫއަށް މަސް ގަންނަ އަގުގެ ވާހަކައާއި، ފައިސާ ލިބުމުގައި ލަސްތަކެއް ހުރުމުގެ މައްސަލައާއި ރަށުން އައިސް ލިބުމުގެ ދަތިކަން ފަދަ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތއް މަސްވެރިން ވަނީ މިނިސްޓަރަށް ދަންނަވާފައެވެ.
L. Maamendhoo ge baeh masverinna mirey bahdhaluve gina vahakathajeh hissa kurevunu. Egothun Maandhoo ah masganna aguge vahaka, faisaa libumugai lasvaalasvun, rashun ice libumugai huri undhagoo adhi VLD ge khidmaiy libumugai huri gonjehunthah hissa kurevveethee ufaakuran. pic.twitter.com/mBiHLDaHIC
— Ahmed Shiyam (@Shiyamaldives) March 13, 2024
އެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރެއްވީތީ އުފާކުރާ ކަމަށެވެ.
މިނިސްޓަރު ޝިޔާމް ފާހަގަ ކުރެވިފައި ވަނީ މަސްވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރާ، އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސްދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.